ޔޫ.އާރު.އޭ އިން ނިވާ ދިގަލި މޯލްޑިވްސް ރިސޯޓުގެ ފެނާއި ނަރުދަމާ ނިޒާމު ކާމިޔާބުކަމާއެކު އިންސްޕެކްޓްކޮށް ނިންމާލައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އިން ނިވާ ދިގަލި މޯލްޑިވްސް ރިސޯޓުގެ ފެނާއި ނަރުދަމާ ނިޒާމު ކާމިޔާބުކަމާއެކު އިންސްޕެކްޓްކޮށް ނިންމާލައިފިއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭ މިންވަރު ކަށަވަރުކުރުމަށް ޔޫ.އާރު.އޭ އަށް މަތިކޮށްފައިވާ މެންޑޭޓާ އެއްގޮތްވާ ގޮތުގެ މަތިން، ފެނާއި ނަރުދަމާގެ ޚިދުމަތްތަކާބެހޭ ވަސީލަތްތައް ރަޖިސްޓްރީކުރުމާއި އޮޕަރޭޓިންގ ލައިސަންސް ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
