FaviconLogo

ޔޫ.އާރު.އޭ އިން ދަ އަދާރަން ޕްރެސްޓިޖް ވާދޫގެ ކަރަންޓު، ފެން އަދި ނަރުދަމާ ނިޒާމުތައް އިންސްޕެކްޓްކޮށް ނިންމާލައިފި

ޔޫ.އާރު.އޭ އިން ދަ އަދާރަން ޕްރެސްޓިޖް ވާދޫގެ ކަރަންޓު، ފެން އަދި ނަރުދަމާ ނިޒާމުތައް އިންސްޕެކްޓްކޮށް ނިންމާލައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ.) އިން ދަ އަދާރަން ޕްރެސްޓިޖް ވާދޫގެ ކަރަންޓު، ފެން، އަދި ނަރުދަމާގެ ނިޒާމު އިންސްޕެކްޓްކޮށް ނިންމާލައިފިއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ހަކަތައިގެ ޚިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރި ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދުގައި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އިންސްޕެކްޝަނަކީ ލައިސަންސް ދޫކުރެވޭ ފަރާތްތަކުން ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭ މިންވަރު ކަށަވަރުކުރުމަށް ޔޫ.އާރު.އޭ އަށް މަތިކޮށްފައިވާ މެންޑޭޓާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވިފައިވާ އިންސްޕެކްޝަނެކެވެ.