ޔޫ.އާރު.އޭ އިން ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގެ ކަރަންޓު ނިޒާމު އިންސްޕެކްޓްކޮށް ނިންމާލައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އިން ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގެ ކަރަންޓު ނިޒާމު އިންސްޕެކްޓްކޮށް ނިންމާލައިފިއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ހަކަތައިގެ ޚިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދުގެ ދަށުން، ކަނޑައެޅިފައިވާ ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް ޔޫ.އާރު.އޭ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
