FaviconLogo

އާންމު ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ށ. މިލަންދޫގައި އެވެއަރނަސް ސެޝަންތަކެއް ކުރިއަށްދަނީ

އާންމު ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ށ. މިލަންދޫގައި އެވެއަރނަސް ސެޝަންތަކެއް ކުރިއަށްދަނީ

މި އޮތޯރިޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަންފީޛުކުރާ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމުގެ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫގައި އާންމުން ހޭލުންތެރިކުރުވުމުގެ ސެޝަނެއް މި ވަގުތު ދަނީ ހިނގަމުންނެވެ. މި ސެޝަން ކުރިއަށް ގެންދަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓައި ހަކަތައާ ބެހޭ ވުޒާރާއާއި މިލަންދޫ ކައުންސިލްގެ އިދާރާއާ ގުޅިގެންނެވެ.

މީގެ އިތުރުން، 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހު، މިލަންދޫ ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ އިތުރު ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާންމު ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރަމުންދާ ގޮތާ ބެހޭގޮތުން ރަށްރަށުގެ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މި ކެމްޕޭނުގެ ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދެވޭނެއެވެ.